ރާއްޖެއިން ކޯވިޑް ޖެހުނު 89 ޕަސެންޓު މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި 88.73 ޕަސެންޓު މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް 9،187 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. އި...

02 Oct 2020 | 03:21

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި 88.73 ޕަސެންޓު މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް 9،187 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. އިއްޔެ އެކަނި ކޯވިޑުން 79 މީހަކު ރަނގަޅުވި އެވެ.

ކޯވިޑް ޖެހޭ މީހުން ބަލިން ރަނގަޅުވި ކަމަށް ނިންމަނީ ޕޮސިޓިވްވާތާ 21 ދުވަހަށް ބެލުމަށް ފަހު އެވެ. ޕޮސިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވިތޯ ބަލަން މިހާރު ކޯވިޑަށް ޓެސްޓު ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރާ މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން އަތޮޅުތަކަށް ދާ މީހުންގެ އިތުރުން ރިސޯޓުތަކުން ރަށްރަށަށް ދާ މީހުން ކަރަންޓީން ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިވަގުތު ބައްޔަށް ފަރުވާ ދެމުން ދަނީ 1،126 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އޭޑްމިޓްކޮށްގެން 75 މީހަކަށް ފަރުވާ ދެމުން ދާއިރު އައސީޔޫގައި ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ.

އައިސޮޅޭޝަން ފެސިލިޓީތަކުގައި ޕޮސިޓިވް މީހުންގެ ތެރެއިން 573 މީހުން ތިބި އިރު އެންމެންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އާންމުކޮށް ކޯވިޑް-19 ގައި ހާލު ސީރިއަސްވެ ފުރާނައަށް ގެއްލުންވާ މީހުންނަކީ އުމުރުން ދުވަސް ވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ ބޮޑު ޕަސެންޓަކީ ދިފާއީ ނިޒާމު ވަރުގަދަ ޒުވާން އުމުރު ފުރާގެ މީހުން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 10،354 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 34 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް