ޔޫއެންޑީޕީގެ އެސްޑީޖީ ސްޕެޝަލް ހިއުމެނިޓޭރިއަން އެކްޝަން އެވޯޑު ސޯނޫ ސުއޫދު

ޔޫއެންޑީޕީގެ "އެސްޑީޖީ ސްޕެޝަލް ހިއުމެނިޓޭރިއަން އެކްޝަން އެވޯޑު" ލިބުނު އިންޑިއާގެ ފުރަތަމަ ރައްޔިތަކަށް ސޯނޫ ސުއޫދު ވެއްޖެ އެވެ. އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސުއޫދަށް މި އެވޯޑު ލިބުނީ ކޯވިޑް ޕެންޑަމި...

02 Oct 2020 | 02:45

ޔޫއެންޑީޕީގެ "އެސްޑީޖީ ސްޕެޝަލް ހިއުމެނިޓޭރިއަން އެކްޝަން އެވޯޑު" ލިބުނު އިންޑިއާގެ ފުރަތަމަ ރައްޔިތަކަށް ސޯނޫ ސުއޫދު ވެއްޖެ އެވެ.

އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސުއޫދަށް މި އެވޯޑު ލިބުނީ ކޯވިޑް ޕެންޑަމިކްގައި އިންޑިއާގައި ހާލުގައި ޖެހި، އެމީހެއްގެ ރަށަށް ދެވިފައި ނުވާ މީހުންނާއި ކިޔަވާކުދިންނަށް އެހީވެފައިވާތީ އެވެ.

މީގެ އިތުރުން އޭނާ ވަނީ މި ފަރާތްތަކަށް ކެއުމާއި ބުއިމުގެ އިތުރުން އަންނައުނު ވެސް ދީފަ އެވެ.

ޔޫއެންޑީޕީގެ ފަރާތުން ދޭ އެސްޑީޖީ ސްޕެޝަލް ހިއުމެނިޓޭރިއަން އެކްޝަން އެވޯޑަކީ އިންސާނިއްޔަތަށްޓަކައި މީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަކި މިންގަނޑުތަކަށް ފައްތައިގެން ދެމުން އަންނަ އެވޯޑެކެވެ.

ސޯނޫ ސުއޫދަށް އެވޯޑު ޙަވާލުކޮށްފައިވަނީ ވަރޗުއަލް ކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ ސެޕްޓެމްބަރ 28 ގަ އެވެ.

ސޯނޫ ސުއޫދު ބުނީ މިކަން ކުރީ އެވޯޑަކަށް ނޫން ކަމަށާއި ހާލުގައި ޖެހިފަތިބި ބަޔަކަށް އެހީވުމުގެ ގޮތުން ކަމަށެވެ.

" އަހަރެން މިކަން ކުރީ އެވޯޑަކަށް ފައިސާއަކަށް ނޫން. އަހަންނަށް ފެނުނީ ކޮވިޑް ޕެންޑަމިކްގަ މަގުމައްޗަށް ނުކުތް އިރު، ވަރަށް ގިނަ މީހުން އެމީހުންގެ އަމިއްލަ ވަޒަނަށް ނުދެވިފަ ތިބިތަން. ދެން އަހަރެން ހިތަށް އެރީ އެމީހުންނަށް އެހީވުމަކީ އަހަންނަށްވެސް ކުރެވޭ ވަރަކުން ކުރެވިދާނެ ކަމެކޭ. ދެން އެކި ރައްޓެހިންނަށް ގުޅައި، އެކި އެހީ ހޯދައިގެން މިކަން ކުރީ" ސޯނޫ ސުއޫދު ބުންޏެވެ.

އޭނާ ބުނީ މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ އެވޯޑެއް ކަމަށާއި އެހެންވެ މި އެވޯޑު ލިބުމުން އުފާވާ ކަމަށެވެ. ނަމަވެސް މި އެވޯޑުގެ ހައްގުވެރިން ނަކީ އޭނާގެ އެހީ ލިބުނު މީހުން ކަމަށްވެސް ސޯނޫ ސުއޫދު ބުންޏެވެ.

ސޯނޫ އާ އޭނާގެ ޓީމުން ވަނީ އިންޑިއާގެ އެތައް ހާސް ބަޔަކު އެމީހުންގެ އަމިއްލަ ވަޒަނަށް ގެންގޮސްދީފަ އެވެ. އޭގެ ތެރޭގައި ދުވަހު މުސާރައަށް އިންޑިއާގެ އެކި ތަންތަނަށް ގޮސް، ކޯވިޑް ޕެންޑަމިކްގެ ސަބަބުން ގެއަށް ނުދެވި ތިބި މީހުންނާއި ކިޔަވާ ކުދިންވެސް ހިމެނެ އެވެ.

ސޯނޫ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެމީހުންގެ އަވަށްތަކުން އެމީހުންނަށް ވަޒީފާ ހޯދައިދިނުމާއި އެ އަވަށްތަކުގައި ތިބެގެން ކުދިންނަށް އިތުރަށް ކިޔެވޭނެ މަގު ފަހިކޮށްދިނުމެވެ.

ޔޫއެންޑީޕީގެ އެސްޑީޖީ ސްޕެޝަލް ހިއުމެނިޓޭރިއަން އެކްޝަން އެވޯޑު މިހައިތަނަށް ލިބިފައިވަނީ އެންޖެލީނާ ޖޮލީ، ޑޭވިޑް ބެކަމް، ލިއަނާޑޯ ޑި ކެޕްރިއޯ، ނިކޯލް ކިޑްމަން އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް