ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީ އަކަށް ދީބަނާޒް ފަހުމީ އައްޔަން ކުރައްވައިފި އެވެ.
ދީބާނާޒް އަކީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ. ދީބަނާޒްގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު މިސްބާހު އައްޔަން ކުރައްވާފައި އެވެ.
މި ދެބޭފުޅުން މަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ފަނޑިޔާރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދެވެ
ދީބަނާޒް އަކީ ގާނޫނީ ރޮނގުން މެލޭޝިއާ އާއި ނިއުޒިލެންޑުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ދީބަނާޒް އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތް ކުރައްވާތާ17 އަހަރުވެފައިވާ ބޭފުޅެކެވެ.
މިސްބާހު އަކީ ގާނޫނީ ދާއިރާއިން މިސްރުން މަތީތައުލީމު ހާސިލް ކުރައްވައި ހަ އަހަރު ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކޮށް ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް