ތިނަދޫ މޮނިޓަރިންއިން ނަގައިފި

ގދ. ތިނަދޫ މޮނިޓަރިން އިން ނަގައިފި އެވެ. ތިނަދޫއިން އުމުރުން ދުވަސްވީ މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެން ރަށް މޮނިޓަރިންގެ ހާލަތަށްލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިއަދު އެ ރަށް މޮނިޓަރިންގެ ހާލަތުން ނެ...

02 Sep 2020 | 09:22

ގދ. ތިނަދޫ މޮނިޓަރިން އިން ނަގައިފި އެވެ.

ތިނަދޫއިން އުމުރުން ދުވަސްވީ މީހަކު ކޯވިޑަށް ޕޮސިޓިވް ވެގެން ރަށް މޮނިޓަރިންގެ ހާލަތަށްލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިއަދު އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށް އެޗްޕީއޭއާއި ހަވާލާދީ ތިނަދޫ ކައުންސިލުން މައުލޫމާތދެ އެވެ.

ތިނަދޫއިން ޕޮސިޓިވްވެފައިވަނީ އުމުރުން 68 އަހަރުގެ ފިރިހެނަކާއި އެ ރަށުގައި މާލެ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ އެކެވެ. މި ބިދޭސީ މީހާ އަކީ68 އަހަރުގެ މީހާ އާއި ގުޅުން ހުރެގެން ޓެސްޓު ކުރި މީހުންގެ ތެރެއިން މީހެކެވެ.

މި ދެ ކޭސް އާއި ގުޅިގެން އެ ރަށުގައި50 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓީންކޮށްފައި އެވެ. އޭގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމަތް ނުފެންނަ ކަމަށް ތނަދޫ ކައުންސިލުން ބުނެ އެވެ.

ތިނަދޫ ކައުންސިލުން ބުނީ މޮނިޓަރިންގެ ހާލަތު ދޫކޮށްލިއަސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ގައިދުރުކަން ބަހައްޓައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް