ރާއްޖެއަށް އަންނަ ޓޫރިސްޓުންނަކީ ކޯވިޑް--19 އަށް ނެގެޓިވް މީހުންނަށް ވާން ޖެހޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންނަކީ ކޯވިޑަށް ނެގެޓިވް މީހުންނަށް ވާންޖެހޭނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ރާއްޖެ އަންނަ ޓޫރިސްޓުން ކޯވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭގޮތަށް ގަވައިދު ބަދަލުކޮށްފައިވާ ކަމަށެވެ.
މި ގަވައިދަށް އަމަލު ކުރަން ފަށާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ އެއްކޮންހެން ހުއްޓިފައި އޮތުމަށް ފަހު ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށާފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލުމާއި އެކު އެވެ. މިހާތަނަށް އަމަލު ކުރަމުން އަންނަ ގޮތުން ކޯވިޑަށް ނެގެޓިވް ޕީސީއާރު ނެގެޓިވް ޓެސްޓު ނެތަސް ބަލީގެ އަލާމާތްތައް ނެތް ޓޫރިސްޓުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.
https://twitter.com/MoTmv/status/1300854675135062017
މިގޮތަށް ގަވައިދު އިތުމުން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ޓޫރިސްޓުންގެ ތެރެއިން ކޯވިޑް-19 ދަނީ ފެންނަމުންނެވެ. އެގޮތުން މިހާރުވެސް ރިސޯޓުތަކުގައި ކޯވިޑަށް ޕޮސިޓިވް 16 ޓޫރިސްޓުން އެބަ ތިއްބެވެ.
ބޯޑަރު ހުޅުވިފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ ގާތްގަނޑަކަށް 12،000 ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް