އޮގަސްޓްމަހު 35918 ބަސްތާ ކާޑު އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވޭ

އޮގަސްޓްމަހު 35918 ބަސްތާ ކާޑު އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯއިން ބުނީ، މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރަށްރަށަށް ފޮނުވި ކާޑުގެ ބާވަތްތަކުގެ ޖުމްލަ 449 އޯ...

02 Sep 2020 | 08:27

އޮގަސްޓްމަހު 35918 ބަސްތާ ކާޑު އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ، މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރަށްރަށަށް ފޮނުވި ކާޑުގެ ބާވަތްތަކުގެ ޖުމްލަ 449 އޯޑަރު ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 16361 ބަސްތާ ހަނޑުލާއި 5599 ބަސްތާ ހަކުރާއި 13958 ބަސްތާ ފުށެވެ.

އަތޮޅުތެރޭގެ އިތުރުން މާލޭގެ އެކިއެކި ފިހާރަތަކަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު މާލެއިން ލިބިފައިވާ 2339 އޯޑަރަކަށް ވަނީ ކާޑުގެ ބާވަތްތައް ފޮނުވާފައެވެ. އެއީ ޖުމްލަ 21991 ބަސްތާ ހަނޑުލާއި، 4774 ބަސްތާ ހަކުރާއި، 12184 ބަސްތާ ފުށެވެ.

މިއަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު އޮގަސްޓް މަހު އެސްޓީއޯއިން އަތޮޅުތެރެއަށާއި މާލެއަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތައް ވަނީ ވަރަށް ބޮޑަށްވެސް އިތުރުވެފައެވެ. އެގޮތުން ޖުލައިމަހު އަތޮޅުތެރޭގެ ރަށްރަށަށް 398 އޯޑަރު ފޮނުވާފައިވާއިރު މާލެއިން ލިބިފައިވާ 2034 އޯޑަރަށް ވަނީ ތަކެތި ފޮނުވާފައެވެ.

ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ދަނީ ހަނޑޫ، ހަކުރު، ފުށް މަލޭގެ ސުޕަރމާކެޓްތަކާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން، ރަށްރަށަށް ގެންދިއުމަށް އޮޑިދޯނިފަހަރާ ހަމައަށް ގެންގޮސްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް