މަރަދޫފޭދޫ ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމި، އައުޓްފްލޯ ރެކްޓިފިކޭޝަން މަސައްކަތް ކުރިއަށް

އައްޑޫ ސިޓީ ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމި މިހާރު ކުރިއަށްދަނީ ރެކްޓިފިކޭޝަން މަސައްކަތް ކަމުގައި އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ސ. މަރަދޫފޭދޫ ނަރުދަމާ މަޝްރޫޢުގެ...

02 Sep 2020 | 08:19

އައްޑޫ ސިޓީ ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމި މިހާރު ކުރިއަށްދަނީ ރެކްޓިފިކޭޝަން މަސައްކަތް ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ސ. މަރަދޫފޭދޫ ނަރުދަމާ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ޖެޓިންގ މެޝިން ގެ ކްލިއަރެންސް ނިންމާ އައްޑޫ ސިޓީއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައި ކަމަށާއި ސެޕްޓެމްބަރ މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި މި މަޝްރޫޢުގެ ޕާޝަލް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރުމަށް ތާވަލުކުރެވިފައިވާކަމަށެވެ.

"މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. އަދި މިހާރު ކުރިއަށްދަނީ އައުޓްފޯލް ރެކްޓިފިކޭޝަން މަސައްކަތް" އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުއަކީ 124.18 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ ޖެނުއަރީ 2021 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް