ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އެކި ސަބަބާއި ހުރެ ލިބުނު ފްލެޓު ގެއްލުނު މީހުންގެ ތެރެއިން170 މީހުން ބަދަލު ހޯދަން އެދިއްޖެ އެވެ.
ހައުސިން މިނިސްޓްރީން މީޑިއާގައި ބުނީ މިހާތަނަށް ބަދަލު ހޯދަން އެދިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުނު މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅީފަޅުން ފްލެޓު ލިބުނ105 މީހުންނާއި ޓާޓާ ފްލެޓު ލިބުނު75 މީހުންނެވެ.
ގުޅީފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ފްލެޓު ނުލިބުމުގެ އިތުރުން ފްލެޓަށް ދެއްކި ޑައުންޕޭމަންޓުވެސް ނުލިބެ އެވެ. ގުޅީފަޅުގައި ފްލެޓުތަކުގެ ބޮޑުބައި ނިމިފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ގުޅީފަޅުގައި މީހުން ދިރިނޫޅޭނެ ކަމަށް ނިންމައި އެ ތަނުން ފްލެޓު ގަތް މީހުންނަށް ހުޅުމާލެއިން ފްލެޓު ދޭނެ ކަމަށް ބުނެފައި އެވެ.
އޭގެ ތެރެއިން18 މީހަކަށް ފްލެޓު ދީފައިވެ އެވެ.
ޓާޓާ ފްލެޓުތައް ލިބުނު މީހުންނަށް އޭރު ސަރުކާރުން ދިނީ ރައްޔިތުންނަށް ވަރަށް ބުރަ ބޮޑު ގޮތެކެވެ. އެއްފަހަރާ ދެ މިލިއަން ރުފިޔާ ދައްކަން ޖެހުމުން ފްލެޓު ލިބުނު ގިނަ މީހުންނަށް ލޯނު ނުލިބުމުގެ ސަބަބުން ވަނީ ފްލެޓު ގެއްލިފައެވެ. އެ ފްލެޓުތައް ސަރުކާރުން އެންމެ ފުރަތަމަ ދެ މިލިއަން ރުފިޔާ ދެއްކި މީހުންނަށް ވިއްކާލީ އެވެ.
މި ސަރުކާޜުން ވަނީ އެ ފަރާތްތަކަށް ދެ ގޮތެއް ހުށަހަޅާފައި އެވެ. އެ ދެގޮތަކީ ހިޔާ މަޝްރޫއުގެ 6،720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެއް ނނުވަތަ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެއް ހިޔާރު ކުރުމެވެ.
ބަދަލު ހޯދަން ހުށަހެޅި 175 ފަރާތަކީ މިގޮތަށް އެއްބަސްވެގެން އެއްބަސްވުމުގައި ސޮއި ކުރި މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް