ޕީޕީއެމް ޕީއެންސީގެ އެތެރޭގެ އިންތިހާބު އޮކްޓޯބަރު މަހު ބާއްވަނީ

އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް އެތެރޭގެ އިންތިހާބު އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަ...

02 Sep 2020 | 07:11

އިދިކޮޅު ޕީޕީއެމް، ޕީއެންސީން ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް އެތެރޭގެ އިންތިހާބު އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ، މި އިންތިހާބުގެ އެންމެބޮޑު މަސައްކަތަކީ އަތޮޅު ތެރޭގައާއި މުޅި ރާއްޖޭގައި ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ފުޅާކޮށް ހިންގުންކަމަށެވެ.

އިންތިހާބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންތިޚާބީ ކޮމިޓީގެ މެމްބަރު ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށެވެ. އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް ރަޝީދު ވިދާޅުވިއެވެ.

16 އޮކްޓޫބަރުގައި ބާއްވާ މި އިންތިހާބަކީ ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް ބާއްވާ އިންތިހާބުކަމަށާއ، އެއަށްފަހު ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ ބޭފުޅުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް