ހޮލީވުޑްގެ މަޝްހޫރު ތަރި އެމާ ރޮބާޓްސް އަށް ފިރިހެން ދަރިއަކު ލިބޭކަން ހާމަކޮށްފި އެވެ.
2001 ވަނަ އަހަރު ބްލޯއިން ހޮލީވުޑަށް ތަޢާރަފްވި އެމާ އޭނާގެ ލޯބިވެރިޔާ ގެރެޓް ހެލްޑަންސްއާ އެކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި 29 އަހަރުގެ ބަތަލާ ބުނީ އޭނާ ބަނޑުބޮޑު ކަމަށާއި، ދެމީހުންނަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށެވެ. މިއީ އެމާ އޭނާގެ ލޯބިވެރިޔާ އާ އެކު ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ދެމީހުން ފުރަތަމަ ދަރިފުޅެވެ.
އެމާ ބަނޑުބޮޑުކަން ހާމަކުރުމާ އެކު އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުހަބާކިޔަމުންނެވެ. ބަތަލާ އެމާ އާއި ލޯބިވެރިޔާ ގެރެޓް ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރު މާޗު މަހު ހިސާބު އެވެ.
ބަތަލާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެމެރިކަން ހޮރޯ ސްޓޯރީގެ އެކްޓަރު އީވަން ޕީޓާ އާ އެވެ.
އެމާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރު ރިލީޒް ކުރި ޕެރެޑައިޒް ހިލްސުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މިހާރުވެސް އަންނަނީ އެމެރިކަން ހޮރޯސްޓޯރީގައި މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް