ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 45،585 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 277 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ، 2،160 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރެވޭނެ ކަމަށެވެ.
25 ޖޫން 2020 ގައި މޮބިލައިޒް ކުރެވިފައިވާ މި މަޝްރޫޢުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް