ކޮވިޑް ހުއްޓުވާނީ އަހަރެން، މި ނަމުގައި ދިވެހި މީޑިއާތައް ގުޅިގެން ހާއްސަ ކެމްޕޭނެއް މިރޭ ފަށައިފިއެވެ.
މިރޭ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ކެމްޕޭނު ފައްޓަވައިދެއްވަމުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިންނަކީ ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިން އެއް އަޒުމެއްގައި ނިކުމެއްޖެ ނަމަ އެކަމެއް ނޫސްވެރިން ހާސިލުކުރާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ކެމްޕޭނުގެ ސްޓިއަރިންގް ކޮމިޓީން މައުލޫމާތުދެއްވާގޮތިގައި، މި ކެމްޕޭނަކީ ރާއްޖޭގެ، ޕްރިންޓް، އޮންލައިން، ޓީވީ އަދި ރޭޑިއޯ މީޑިއާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ފަށާފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭނުގައި ކޮވިޑާ ދެކޮޅަށް، އަދި ދިވެހިން އިތުރަށް ހޭލުންތެރި ކުރުމަށް މީޑިއާތަކުން ގުޅިގެން މަސައްކަތްކުރާނެ ކަން އެ ކޮމިޓީން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް