ކޯވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިރޭ 8:57 ހާއިރު މަރުވެފައިވަނީ އުމުރުން 89 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ހުޅުމާލޭ މެޑިކަ...

02 Aug 2020 | 16:58

ކޯވިޑް-19 އަށް ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ 8:57 ހާއިރު މަރުވެފައިވަނީ އުމުރުން 89 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި18 ވަނަ މީހާ އެވެ.

ރޭވެސް ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވެ އެވެ. ރޭ މަރުވެފައިވަނީ އައިޖީއެމްއެޗަށް ނޭވާލާން އުނދަގޫވެގެން ގެންދިޔަ52 އަހަރުގެ މީހެއް ކަމަށާއި އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ޓެސްޓު ހެދި އިރު ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޯވިޑް-19 ގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނާއި ސީރިއަސް ހާލަތުގައި ފަރުވާ ދޭންޖެހިފައިވާ މީހުންގެ އިތުރުން މަރުވާ މީހުންގެ އަދަދު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކުއްލިއަކަށް ވަނީ އިތުރުވެފައި އެވެ. އެއީ ކޯވިޑާއި ގުޅިގެން އެޅި ވަރުގަދަ ފިޔަވަޅުތަކަށް ލުއިދީ އާ އާންމު ހާލަތުގައި މިދިޔަ މަހުގެ އެއް ވަނަ ދުވަހު މާލެ ހުޅުވާލުމާއި ގުޅިގެންނެވެ.

މިހާތަނަށް ކޯވިޑް-19 އަށް 4،164 މީހަކު ޕޮސިޓިވްވެފައިވެ އެވެ. މި ބަލިން ރަނގަޅުވެފައިވަނީ 2،643 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް