ރެކޯޑު އަދަދެއްގެ ދިވެހިންނާއި އެކު ކޯވިޑަށް 215 މީހުން ޕޮސިޓިވް ވެއްޖެ

ކޯވިޑް-19 އަށް މިއަދު 215 މީހުން ޕޮސިޓިވް ވެއްޖެ އެވެ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 214 މީހުން ޕޮސިޓިވް ވެފައިވަނީ މާލެއިންނެވެ. އަނެއް މީހާއަކީ އަތޮޅު ތެރޭގެ ރަށަކުން ޕޮސިޓިވްވި މީހެކެވެ. ޕޮސިޓ...

02 Aug 2020 | 16:54

ކޯވިޑް-19 އަށް މިއަދު 215 މީހުން ޕޮސިޓިވް ވެއްޖެ އެވެ

މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 214 މީހުން ޕޮސިޓިވް ވެފައިވަނީ މާލެއިންނެވެ. އަނެއް މީހާއަކީ އަތޮޅު ތެރޭގެ ރަށަކުން ޕޮސިޓިވްވި މީހެކެވެ.

ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 149 ދިވެހިންނާއި 76 ބިދޭސީންނެވެ. މިއަދު ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ސްރީލަންކާގެ ދެ މީހަކާއި ނޭޕާލްގެ ދެމީހެއްގެ އިތުރުން އިންޑޮނީޝިއާ މީހެކެވެ.

ބައްޔަށް މިހާރު ފަރުވާ ދެމުންދަނީ 1،489 މީހުންނަށެވެ. އޭގެ ތެރެއިން 72 މީހަކަށް ފަރުވާ ދެމުންދަނީ ކޯވިޑަށް ފަރުވާދޭ އެކި ފެސިލިޓީތަކުގައި އެވެ. އަދި ފަސް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައި އެވެ.

ކޯވިޑް ޖެހިގެން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން މިހާތަނަށް 2،643 މީހަކު ވަނީ ރަނގަޅުވެފައި އެވެ. އޭގެ ތެރެއިން މިއަދު ރަނގަޅުވި ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވަނީ 30 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 4،194 މީހަކު ޕޮސިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 18 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް