އެމްއައިބީ ކޭޝްބެކް ޕްރޮމޯޝަން މިމަހުގެ ނިޔަލަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިދިޔަ ޖޫން އަދި ޖުލައި މަހު ކުރިއަށް ގެންދިޔަ ކޭޝްބެކް ޕްރޮމޯޝަން މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފި އެވެ. އެމްއައިބީ އިން ބުނީ އެ ޕްރ...

02 Aug 2020 | 14:43

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިދިޔަ ޖޫން އަދި ޖުލައި މަހު ކުރިއަށް ގެންދިޔަ ކޭޝްބެކް ޕްރޮމޯޝަން މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެމްއައިބީ އިން ބުނީ އެ ޕްރޮމޯޝަންގައި، މެގަ ޕްރައިޒް ގެ ގޮތުގައި 20،000 ރުފިޔާ ކަނޑައަޅައިފައިވާ ކަމަށާއި، 20،000 ރުފިޔާގެ މެގަ ޕްރައިޒް ލިބޭނީ ޖޫން، ޖުލައި އަދި އޮގަސްޓް މި ތިންމަހު ޕްރޮމޯޝަންއަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޖުމުލަކޮށް އެންމެ ބޮޑު ފައިސާގެ ޓްރާންސެކްޝަންސް ތިންމަހުގެ ތެރޭގައި ހަދާފައިވާ ފަރާތަކަށް ކަމަށެވެ.

އެ ބޭންކުން ބުނީ، މީގެ އިތުރުން އޮގަސްޓް މަހުގެ އެއްވަނަ ވެސް ހޮވާނީ ޝަރުތުހަމަވާ ޓްރާންސެކްޝަންތަކުގެ ފައިސާގެ އަދަދަށް ބަލައިގެން ކަމަށެވެ.

އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ، އަދި ޕްރޮމޯޝަންގެ އޮގަސްޓް ބުރުގައި ބައިވެރިވާ އިތުރު ހަތަރު ފަރާތަކަށް 2،500 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެއް ވަނަ އަށް ހޮވޭނީ އެންމެ ބޮޑު އަދަދެއްގެ ޓްރާންސެކްޝަންތައް ހަދާ ކަސްޓަމަރެވެ.

އެމްއައިބީން ބުނީ ޖުލައި މަހުގެ ނަސީބުވެރިން ވަރަށް އަވަހަށް ހޮވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް