ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެމްޓީސީސީ އަށް 248 މިލިއަން ރުފިޔާ

އެމްޓީސީސީ އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 248 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެމްޓީސީސީން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ ...

02 Aug 2020 | 11:00

އެމްޓީސީސީ އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 248 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު 354 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު 106 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެމްޓީސީސީ އަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 53 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ކޮވިޑް-19ގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ވަނީ އަސަރުކޮށްފަ ކަމަށެވެ.

ކޮވިޑް-19 އާއި އެކު އެކުންފުނީގެ ޓްރޭޑިން ޑިޕާޓްމެންޓަށް ފުރަތަމަ ފަހަރަށް ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަންވެސް އެ ކުންފުނިން ވަނީ ފާހަގަ ކުރެއެވެ.

އެމްޓީސީސީ އިން ބުނީ، ކޯވިޑް-19ގެ ފުރަބަންދާއެކު ޓްރޭޑް އަދި ދަތުރުފަތުރުގެ ސެކްޓާ އިން 50 އިންސައްތަގެ ދަށްވުމެއް އާމްދަނީ އަށް އައި ކަމަށާއި ފުރަތަމަ ކުއާޓާރާ އަޅާ ބަލާޢިރު ދެވަނަ ކުއާޓަރުގައި އެކުންފުނީގެ އާމްދަނީ 30 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި މީގެ އިތުރަށް ކޮވިޑް-19ގެ ސަބަބުން އެކުންފުނީގެ ޕްރޮޖެކްޓުތަކަށް ބޭރުން ގެންނަ ސާމާނު ގެނައުމުގައްއްޔާއި ރަށްތަކަށް އެތަކެތި ފޮނުވުމުގައިވެސް ލަސްތައް ދިމާވިކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް