އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.
ޖުލައި މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ.
އަދި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤުއާއި ޑިފެންސް އެޑްވައިޒަު ލޓ. ކލ. އިސްމާއިލް ނަސީރުއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ އަސްކަރިއްޔާއިން ވެދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސަފީރު އުމަރު އަބްދުއްރައްޒާޤު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ކޯވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12 ހާސް އޯވަރއޯލް އާއި، ދެ ލައްކަ އަންގިއެވެ.
މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް