ޓްރާންސްޕޯޓު އޮތޯރީގެ ހިންގުން ކުރީގެ ސްޓާ ސިނަމާ ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް ބަދަލު ކުރަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ މިހާތަނަށް ހިންގަމުން ދިޔައީ ހުރަވީ ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައެވެ. އެތަން ތަޅާލައި އަލުން އިމާރާތް ކުރަން ނިންމާފައިވާތީ ޓްރާންސްޕޯޓު އޮތޯރިޓީގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރާކަން ހާމަ ކުރިނަމަވެސް އެހެން އޮފީސްތައް ބަދަލު ކުރާ ތަންތަނުގެ މައުލޫމާތެއް އަދި ނޭނގެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެ އޮތޯރިޓީގެ ހިދުމަތްތައް ކުރީގެ ސްޓާ ސިނަމާ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ލިބޭނެ ކަމަށެވެ. އެ އިމާރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިދާރާވެސް ހިންގަމުން އަންނަ އިމާރާތެކެވެ.
މަޖީދީމަގުގެ ހުޅަނގުން މަގަށް އިންވާ ގޮތަށް ހުރި ސްޓާ ސިނަމާ އިމާރާތް ތަޅާލައި އެތަން ހަދަން ފެށީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް