އައްޑޫ މީދޫ ފަޅުތެރޭގައި އުފެދުނު ހުރާގަނޑަށް ރައްޔިތުން ނަމެއް ދީފި

އައްޑޫ ސިޓީ މީދޫއަށް އުދަ އަރައި އެ ރަށު ފަޅުތެރޭގައި އުފެދުނު ހުރާގަނޑަށް ރަށުގެ ރައްޔިތުން ނަމެއް ދީފި އެވެ. އެ ހުރާގަނޑަށް ކިޔާފައިވަނީ "ގައުހެރެ" އެވެ. ރައްޔިތުން ރެ ހުރާގަނޑަށް ނަމެއް ދިންކަން ހާ...

02 Aug 2020 | 09:54

އައްޑޫ ސިޓީ މީދޫއަށް އުދަ އަރައި އެ ރަށު ފަޅުތެރޭގައި އުފެދުނު ހުރާގަނޑަށް ރަށުގެ ރައްޔިތުން ނަމެއް ދީފި އެވެ.

އެ ހުރާގަނޑަށް ކިޔާފައިވަނީ "ގައުހެރެ" އެވެ. ރައްޔިތުން ރެ ހުރާގަނޑަށް ނަމެއް ދިންކަން ހާމަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަކިރިއާ ގަލުން އުފެދުނު އެ ރަށުގެ ދިގުމިނުގައި 3،000 ފޫޓު ހުންނަ ކަމަށެވެ. އަދި ފުޅާމިނުގައި 25-30 ފޫޓު ހުންނަ ކަމަށް ވިދާޅުވެފައިވެ އެވެ.

ރޮޒައިނާ ވިދާޅުވެފައިވާ ގޮތުގައި އެ ރަށަށް ހަގީގީ ހިތްގައިމު ރަށަކަށް ހެދުމަށް މީދޫ ރައްޔިތުން ވަނީ މަސައްކަތް ފަށާފައި އެވެ. އެގޮތުން ކުދި ރުށްތަކާއި ބިޔަކޮށް ހެދޭ ގަސްގަހުގެ އޮއް އިންދާފައި ވާ ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގައި އިސްކޮށް އުޅެނީ މީދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ނަލަފެހި ޖަމިއްޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް