ރާާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ހުޅުވާލައިފި

އދ. އަތޮޅުގެ ހުރުހެޅީގައި ތަރައްޤީކޮށްފައިވާ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ރާާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ. ރެޑިސަން ބްލޫއިން ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ރިސޯޓް، ރެޑިސަން...

02 Aug 2020 | 09:36

އދ. އަތޮޅުގެ ހުރުހެޅީގައި ތަރައްޤީކޮށްފައިވާ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ރާާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ރެޑިސަން ބްލޫއިން ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ރިސޯޓް، ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓްއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންނަށް އިއްޔެ މަރުހަބާ ކިޔާފައިވާއިރު، މިރިސޯޓަކީ ރެޑިސަން ހޮޓެލް ގްރޫޕާއި ޝަން ހުއާ ހޯލްޑިންސްއިން ހިންގާ ރިސޯޓެކެވެ.

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓްއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 30 މިނެޓުގައި ދެވެއެވެ.

ފަސް ތަރީގެ މި ރިސޯޓުގައި، ރަށު ތެރެއާއި ކަނޑުމަތީގެ 128 ވިލާ ހުންނަ މިރިސޯޓުގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ އާއިލާތަކާއި ލޯބިވެރިންނަށް ބޭނުންވާ ކަންތައްތަކަށް ވިސްނައިގެނެވެ. މިގޮތުން މިރިސޯޓުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރ، ސްޕާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓުތަކާއި، ކުޑަކުދިންނަށް ހާއްސަ އެކިއެކި ހިދުމަތްތައް ލިބެން ހުންނާނެއެވެ.

ރެޑިސަން ހޮޓެލް ގްރޫޕްގެ މި ރިސޯޓު ހުޅުވުމާއެކު މިހާރު ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން މިރިސޯޓުގެ ރޫމް ރޭޓްތައް ފެށެނީ ރެއަކަށް 600 ވަރަކަށް ޑޮލަރުންނެވެ.

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ރާއްޖޭގައި ތަރައްޤީކުރުމަށް ރެޑިސަން ގްރޫޕާއެކު ޕާޓްނަރޝިޕް ހަދާފައިވާ ޝަން ހުއާ ހޯލްޑިންގްސްއަކީ ސިންގަޕޫރުގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް