މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
75 މަޝްރޫޢެއްގެ ތެރޭގައި ބަނދަރު ހެދުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަސައްކަތްތައް ހިމެނޭކަމަށް އެމްޓީސީސީން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިދިޔަ ކުއާޓަރުގައި ކުރިއަށްދިޔަ 75 މަޝްރޫޢެއްގެ ތެރެއިން 14 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީން ވަނީ އެކުއާޓަރުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
އެމްޓީސީސީން ދެވަނަ ކުއާޓަރުގައި ކާމިޔާބު ކަމާއި އެކު ފުރިހަމަ ކޮށްފައިވާ 14 މަޝްރޫޢު ތަކަކީ:
- - ތިލަފުށި ކުނި ޖަމާކުރުމުގެ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް
- - ގއ. ވިލިނގިލި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް
- - ލ.ގަން ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް
- - ގދ.ތިނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް
- - ގދ. މާވަރުލު އެއަރޕޯޓްގެ ފޭސް 2ގެ މަސައްކަތް
- - ގދ. މާވަރުލު ހާބަރު ބޮޑުކުރުމުގެ މަސައްކަތް
- - އއ.ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު
- - އއ.ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
- - ގއ. ކަނޑުހުޅުދޫ ބަނދަރުގެ ތޮށިލުމުގެ މަސައްކަތް
- - ގއ. ވިލިނގިލި ބަނދަރުގެ ހެދުމުގެ މަސައްކަތް
މީގެ އިތުރުންވެސް ، އެމްޓީސީސީން ވަނީ މިދިޔަ ކުއާޓަރުގައި އަައު 8 މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ.
އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 354 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު، 30 އިންސައްތައިގެ ދަށްވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް