ދިރާގަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 152 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 300 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 152 މިލިއަން ރުފިޔާ އެވެ.
ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ ފުރަތަމަ ކުއާޓަރަށް ވުރެ ދަށްވީ، ކޮވިޑް-19 ގެ ސަބަބުން ކަމަށް ކުންފުނީ މާލި ރިޕޯޓް ދައްކައެވެ.
މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ފުރަތަމަ ކުއާޓަރުގައި ދިރާގަށް މޮބައިލްގެ ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި 451 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ނިމިދިޔަ ކުއާޓަރު ޖޫން މަހުގެ ނިޔަލަށް ލިބިފައިވަނީ 318 މިލިއަން ރުފިޔާ އެވެ.
ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިން ފުރަތަމަ ކުއާޓަރުގައި 260 މިލިއަން ރުފިޔާ ލިބުނުއިރު ނިމިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 213 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް