ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާތީ 100 އަށްވުރެ ގިނަ ތަންތަން ބަންދުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ހިދުމަތް ދެމުންދިޔަ 100 އަށްވުރެ ގިނަ ތަންތަން ބަންދުކޮށްފި އެވެ. އެޗްޕީއޭއިން އެކުލަވާލާފައިވާ ގަވައިދުތަކަށް އަމަލު ކުރޭތޯ ބަލަން ...

02 Aug 2020 | 07:20

ކޯވިޑް-19 އާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ހިދުމަތް ދެމުންދިޔަ 100 އަށްވުރެ ގިނަ ތަންތަން ބަންދުކޮށްފި އެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ ގަވައިދުތަކަށް އަމަލު ކުރޭތޯ ބަލަން ކުރިޔަށް ގެންދާ ޕަބްލިކް ހެލްތް އިންސްޕެކްޝަން ފެށީތާ ހަތަރު ދުވަސް ވެއްޖެ އެވެ. މި އިންސްޕެކްޝަންގައި ކެފޭ/ ރެސްޓޯރެންޓު، ސެލޫން، ޖިމް، ފިހާރަތައް އަދި މާރުކޭޓު ގޮޅިތަކުގައި ކޯވިޑް-19 އާއި ގުޅިގެން ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ ގަވައިދަށް އަމަލު ކުރޭތޯ ބަލާނެ އެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 120 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 55 ކެފޭ/ ރެސްޓޯރެންޓާއި، 52 ފިހާރައަކާއި 15 ސެލޫން/ ޖިމް އަދި ތަރުކާރީ މާރުކޭޓުގެ އެއް ތަނެވެ.

މި އިންސްޕެކްޝަންގައި ގަވައިދަށް ނުފެތޭތަނެއް ހުރި ނަމަ ވަގުތުން ބަންދު ކުރަން އެޗްޕީއޭއިން އަންގައެވެ. އަލުން ހުޅުވުމުގެ ހުއްދަ ދެނީ އެކަންކަން އިސްލާހުކޮށް އެޗްޕީއޭއަށް އެންގުމުންނެވެ.

އެޗްޕީއޭއިން ބުނީ ދެން އެންމެ އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލަން އިންސްޕެކްޝަން ފަށާނީ އޮފީސްތަކުގައި ކަމަށެވެ. އެއީ މާލޭގައި އެންމެ ހަލުވިކަމާއި އެކު މީހުންނަށް ކޯވިޑް ޖެހެމުންދަނީ އޮފީސް މާހައުލުންނާއި މަސައްކަތްތަކަށް އެކި ތަންތަނަށް ގޮސް އުޅޭ މީހުންނަށް ކަމަށްވާތީ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް 3،949 މީހަކު ޕޮސިޓިވްވެފައިވެ އެވެ އޭގެ ތެރެއިން 17 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް