ކޯވިޑް ޖެހިގެން 72 މީހަކު އެޑްމިޓްކޮށްފައި، ހަ މީހެއްގެ ހާލު ސީރިއަސް

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 72 މީހަކަށް ކޯވިޑަށް ހާއްސަކޮށްގެން ހަދާފައިވާ ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ ކަމަށް ހެލްތް އެމަޖެންސީ އޮަރޭޝަން ސެންޓަރުން ބުނެފި އެވެ. ކޯވިޑް ޖެހި...

02 Aug 2020 | 06:59

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 72 މީހަކަށް ކޯވިޑަށް ހާއްސަކޮށްގެން ހަދާފައިވާ ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ ކަމަށް ހެލްތް އެމަޖެންސީ އޮަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޯވިޑް ޖެހިގެން މިހާރު ފަރުވާދެމުންދަނީ 1،305 މީހުންނަށެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭން ނުޖެހޭ މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކާއި ކަރަންޓީން ފެސިލިޓީތަކުގައި އެވެ.

އެ ސެންޓަރުން ބުނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާ ދެމުންދަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. އެތަނުގައި 65 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެމުންދަނީ ހާލު ސީޜިވެސް ވެގެން އައިސީޔޫގައި އެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ ފަސް މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި އެވެ. ޑީއެޗް11 ގައިވެސް ކޯވިޑް ޖެހިފައިވާ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިތުރުން ޑީއެޗް11 ގައި އެކަކަށް، ޑީއެޗް16 ގައި ހަތަރު މީހަކަށް، ށ. ފުނަދޫ ކޯވިޑް ފެސިލިޓީގައި އެކަކަށް އަދި ބ. އޭދަފުށި ކޯވިޑް ފެސިލިޓީގައި ވެސް ކޯވިޑަށް ޕޮސިޓިވްވެފައިވާ އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.

މި ބަލި ރާއްޖޭގައި ފެތުރުނު ނަމަވެސް ސިއްހީ މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ގިނަވުމެވެ. އެއީ މި ބައްޔަކީ އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށްވާތީ އެވެ.

މިހާތަނަށް ރާއްޖެއިން 3،949 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު 17 މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ. މި ބަލިން ރަނގަޅުވެފައިވަނީ 2،613 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް