މާސްކު ނާޅާތީ ފުރަތަމަ ދުވަހު ހަތަރު މީހުން ޖޫރިމަނާކޮށް 116 މީހަކަށް ނަސޭހަތް ދީފި

މާލޭ ސިޓީގައި މާސްއެޅުން މަޖުބޫރު ކުރި ފަހުން އާންމުތަންތަނުގައި މާސްކު ނާޅާތީ ފުރަތަމަ ދުވަހު ހަތަރު މީހަކު ޖޫރިމަނާ ކޮށްފި އެވެ. އިއްޔެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލެ ހުޅުމާލެ އަދި ވި...

02 Aug 2020 | 06:36

މާލޭ ސިޓީގައި މާސްއެޅުން މަޖުބޫރު ކުރި ފަހުން އާންމުތަންތަނުގައި މާސްކު ނާޅާތީ ފުރަތަމަ ދުވަހު ހަތަރު މީހަކު ޖޫރިމަނާ ކޮށްފި އެވެ.

އިއްޔެއިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އާންމުތަންތަނުގައި މާސްކު އަޅައިގެން އުޅުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން ވަނީ މަޖުބޫރުކޮށްފައި އެވެ. އަދި މާސްކު ނާޅާ އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.

ނެޝަނަލް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ ހަތަރު މީހަކު ޖޫރިމަނާކޮށް 116 މީހަކަށް މާސްކު އެޅައިގެން މަގުމައްޗަށް ނުކުތުމަށް ފުލުހުން ނަސޭހަތް ދީފައިވާ ކަމަށެވެ. އެހާ ގިނަ މީހުންނަށް ނަސޭހަތް ދޭން ޖެހުނު ގޮތެއް ވިދާޅެއް ނުވެ އެވެ.

މާލޭގައި މާސްކު އަޅަން ޖެހޭ ކަމަށް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވަނީ އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާ ގޮތަށެވެ. މާސްކުއެޅުމުން އިސްތިސްނާ ވަނީ ތިން ބައެކެވެ. އެއީ

އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިން

އެހެން މީހެއްގެ އެހީއަކައި ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން

ކަސްރަތު ކުރަން މަގުމަތީ އުޅޭ މީހުން ކަސްރަތަށް ހިނގާ ގަޑީގައި އެކަންޏެވެ.

މާލޭ ސިޓީގައި މާސްކު އެޅުން މަޖުބޫރު ކުރީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް