ޖާންވީ ކަޕޫރު ލީޑް ރޯލު ކުޅޭ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
މި ފިލްމަކީ އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ބަޔޮޕިކް އެކެވެ. ޓްރެއިލާއިން ފެނިގެންދަނީ ގުންޖަން ކުޑައިރުން ފަށައިގެންވެސް ޕައިލަޓަކަށް ވުމުގެ ހުވަފެން ދެކި އެކަން ހާސިލް ކުރަން އޭނާ ކުރާ ބުރަ މަސައްކަތްތަކެވެ.
ޝަރަން ޝަރްމާ ޑައިރެކްޓްކުރާ، ހަތް މިލިއަން ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ މި ފިލްމު ނެޓްފްލިކްސްއަށް އަންނާނީ މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ.
https://www.youtube.com/watch?v=rtGIq9Xjnrw
ޖާންވީގެ ކުރީގެ ދެ ފިލްމަށް އެއްވެސް ތަރުހީބެއް ނެތް ނަމަވެސް، މި ފިލްމުގެ ޓްރެއިލާ އާންމުކުރިފަހުން ފިލްމުގައި ޖާންވީގެ ރޯލަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. އަދި ކުރިޔާއި ޚިޔާފަށް ޖާންވީގެ އެކްޓިން ވަރުގަދަކަމަށްވެސް އަންނަނީ ބުނަމުންނެވެ.
ކުރިން މި ފިލްމު އާންމުންނާއި ހަމައަށް ގެންނަން އޮތީ މާރޗް މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް ތާރީޙު ލަސްކުރެވިގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް