އެމެރިކާގައި ޓިކް ޓޮކް މަނާކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގައި ޓިކްޓޮކް މަނާ ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓިކްޓޮކް އަކީ ޗައިނާގެ ބައިޓްޑާންސުން ހިންގާ އެއްޗަކަށް ވާތީ ފެށުނީންސުރެ އެމެރިކާ ސަރުކާރުން ދަނީ ޓިކް...

02 Aug 2020 | 04:40

އެމެރިކާގައި ޓިކްޓޮކް މަނާ ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ބައިޓްޑާންސުން ހިންގާ އެއްޗަކަށް ވާތީ ފެށުނީންސުރެ އެމެރިކާ ސަރުކާރުން ދަނީ ޓިކްޓޮކާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެމެރިކާއިން ވަނީ ޓިކްޓޮކްއަކީ އެމެރިކާގެ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް ބުނެ އެއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި އެވެ.

އެކަމަށް ބާރު ލިބޭގޮތަށް އަދި ފަހުގެ ނިންމުން ކަން ދޭހަވާގޮތަށް ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ޓިކްޓޮކް މަނާކުރެއްވުމުގެ ބާރު ލިބިގެންވާކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ. އެގޮތުން އިމަޖެންސީ އިގުތިސާދުގެ ބާރާއި ރައީސަށް ލިބިގެންވާ ބާރުގެ ދަށުން އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރުވާނެ ކަމަށެވެ.

އެކަމަކު މި ފިޔަވަޅު ޓްރަމްޕް އަޅުއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރައްވަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އަހަރުގެ ނޮވެމްބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ޓިކްޓޮކަށް އެމެރިކާ އިން ފިޔަވަޅު އަޅާނެ އެވެ. އެ ގައުމުން ތުހުމަތުކުރާ ގޮތުގައި އެ އެޕްގެ އެހީގައި ޗައިނާ އިން އިންތިހާބަށް ނުފޫޒު ވެސް ފޯރުވާނެ އެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 65-80 މިލިއަނަށް އަރަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް