އެފްއޭ ކަޕްގެ ރަސްގެފާނު އާސެނަލް 14 ވަނަ ފަހަރަށް ތަށި އުފުލާލައިފި

މި ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލްގައި، ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް 14 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ. ރޭގެ މެޗުގައި އާސެނަލްގެ ގޯލްތައް ކާމިޔާބުކ...

02 Aug 2020 | 04:27

މި ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލްގައި، ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް އާސެނަލް 14 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުގައި އާސެނަލްގެ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ 28 އަދި 67 ވަނަ މިނެޓުގައި އައުބަމަޔަންއެވެ. ޗެލްސީގެ ގޯލް މެސުގެ ފަސްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޕުލިސިކްއެވެ.

މި ތައްޓާއެކު އާރސެނަލް މިވަނީ އެފްއޭ ކަޕް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމުގެ ގޮތުގައި ތަފާތު ފުޅާކޮށްފައެވެ.

ދެވަނައަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑް، 12 ތައްޓާއެކު އޮތީ އާރސެނަލް އަށްވުރެ ދެ ތަށި ފަހަތުގައެވެ.

މި މުބާރާތް މިފަހަރު އާރސެނަލް ކާމިޔާބުކުރުމުން އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ވެގެން ގޮސްފައިވަނީ އެފްއޭ ކަޕް ޓީމެއްގެ ކެޕްޓަން އަދި ކޯޗެއްގެ ގޮތުގައި ކާމިޔާބުކުރި ފުރަތަމަ މީހާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް