ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި 15 ދިވެއްސަކު ރަހީނުކޮށްގެން 200 އެއްހާ ބިދޭސީން ތިބި އިރު އެ ދިވެހިން ސަލާމަތް ކުރެވޭތޯ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ފުލުހުން މިހާތަނަށް ބުނެފައިވާގޮތުގައި ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެ ރަށުން ފޭބިޔަނުދީ ހިފަހައްޓާފައި ހަމަނުޖެހުން ހިންގާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް