ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިރޭ މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިރޭ 09:47 ގައި މަރުވެފައިވަނީ އައިޖީއެމް ހޮސްޕިޓަލިގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުންދިޔަ އުމުރުން 39 އަހަރުގެ، އިންޑޮނޭޝިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
މިއީ ކޯވިޑް-19ގައި ރާއްޖެއިން މަރުވި 11 ވަނަ މީހާއެވެ.
މިހާތަނަށް ބަލީގައި މަރުވެފައިވަނީ ފަސް ދިވެހިންނާއި ހަ ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ މިރޭ މަރުވި މީހާގެ އިތުރުން ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ފިލިޕިންސް މީހެކެވެ.
ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮސިޓިވްވެފައިވަނީ 2،400 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 1،969 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް