ޖޫން މަހުގެ ކަރަންޓު ބިލުންވެސް 40 ޕަސެންޓު ކުޑަކޮށްދީފި

ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް ބިލުގެ 40 ޕަސެންޓު ސަރުކާރުން ދައްކައިދޭން ނިންމައިފި އެވެ. ކަރަންޓު ބިލުން40 ޕަސެންޓު އުނިކުރަން ނިންމާފައ މިވަނީ މޭލޭގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަ...

02 Jul 2020 | 13:23

ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް ބިލުގެ 40 ޕަސެންޓު ސަރުކާރުން ދައްކައިދޭން ނިންމައިފި އެވެ.

ކަރަންޓު ބިލުން40 ޕަސެންޓު އުނިކުރަން ނިންމާފައ މިވަނީ މޭލޭގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުކަމުގެ ޝަކުވާ އާންމުން ކުރަން ފަށާފައިވަނިކޮށެވެ. އަދި މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގެންނަވާފައި ވަނިކޮށެވެ.

ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިހާރު ފޮނުވާފައިވާ ކަރަންޓު ބިލުތައް ރިވައިޒްކޮށް 40 ޕަސެންޓު އުނިކުރުމަށް ފަހު އަލުން ބިލު ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ ހަތަރު މަހުގެ ބިލް ދައްކަން ދަތިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ބަހާލައިގެން މިދިޔަ މަސްތަކުގެ ބިލް ދައްކަން ބޭނުންވާ ފަރާތްތަކުން ފޯމެއް ފުރަން ޖެހެ އެވެ. މި ފޯމު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ކަމަށާއި ބިލުގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދޭނީ ކަސްޓަމަރުންގެ ހާލަތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯއިން ބުނީ މިމަހުގެ ބިލް އެހާ ބޮޑުވާން ޖެހުނު ކަމަށް ބަލަނީ މައިގަނޑު ތިން ސަބަބަކާއި ހެދި ކަމަށެވެ. އޭގެ ތެރޭގައި ކޯވިޑް-19 އާއި ގުޅިގެން ރީޑިން ނަގަން ގޭއަށް ނުގޮސް ގިނަ ގޭގޭގެ ކަރަންޓު ބިލު ކުރީގެ ރީޑިންއަށް ބަލައިގެން ނަގަން ޖެހުމާއި މިދިޔަ ތިން މަހު ތިން ސަބްސިޑީ ކަނޑާލުމުގެ އިތުރުން ރޯދަމަހުގެ ބައެއް މި މަހުގެ ބިލުގައި ހިމެނަން ޖެހުމުން ކަމަށެވެ.

އާންމުކޮށް ރޯދަމަހަކީ ރާއްޖޭގައި އާންމުކޮށް ކަރަންޓު ބިލު ބޮޑުވާ މަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް