ރ. އަލިފުށީގައި އަންހެނެއްގެ ގަޔަށް ލައްފިލުވާ ޖެހި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ރޭ 9:45 ހާއިރު ކަމަށެވެ. މި މައްސަލައިގަ ފުލުހުންގެ ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ.
އެ އަންހެން މީހާއަށް ފަރުވާ ދެމުންދަނީ އަލިފުށީ ސިއްހީ މަރުކަޒުގައި އެވެ. ސިއްހީ މަރުކަޒުގެ އޮފިޝަލުންނާއި ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މިފަދަ މައްސަލައެއް އެންމެ ފަހުން ދިމާވެފައިވަނީ ށ. ޅައިމަގުގައި އެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ރަށުގައި ވަނީ މެދު އުމުރުގެ މީހެއްގެ ލޮލަށް ލައްފިލުވާ ޖަހާފައި އެވެ.
މިހާދިސާގައި އެމީހާގެ ލޮލަށް ކޮންމެސް ވަރަކަށް ގެއްލުވި ނަމަވެސް ފަހުން ވަނީ ރަނގަޅުވެފައި އެވެ.
ފުލުހުން ބުނެފައިވަނީ އަންހެނުންނަށް ދޭ މިފަދަ އަނިޔާތަކުގެ މައްސަލަތައް ސީރިއަސްކޮށް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް