ހަދަމުންދާ ރިސޯޓެއްގައި ބިދޭސީންތަކެއް ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިފި

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ރަށުން ފޭބިއަ ނުދީ ހިފަހައްޓައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލު...

02 Jul 2020 | 12:59

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް އެ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ރަށުން ފޭބިއަ ނުދީ ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގަ ހަމަނުޖެހުން ހިންގަމުންދަނީ ބަންގްލަދޭޝް ބައެކެވެ.

ފުލުހުން ޓީމެއް މިހާރު އެ ރަށަށް ގޮސްފައިވާއިރު ބިދޭސީންތައް ދަނީ އެ ރަށުގައި ހަމަނުޖެހުން ހިންގަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުންތައް ހިނގަމުންދަނީ ބ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރަމުންދާ ބޮޑުފިނޮޅުގައި އެވެ. ބިދޭސީ މުވައްޒަފުން ހިތްހަމަ ނުޖެހިގެން އުޅެނީ މުސާރަ ނުދޭ މައްސަލައިގައި ކަމަށްވެ އެވެ.

މިމަހު ކުރީކޮޅުވެސް ވަނީ މިފަދަ މައްސަލައެއް ފެންމަތިވެފައި އެވެ. ހަދަމުންދިޔަ ރިސޯޓުތަކެއްގައި މަސައްކަތް ކުރި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުދީގެން މުޒާހަރާކުރާތީ ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނަށްވެސް ހަމަލާދީފައިވެ އެވެ.

މި މައްސަލައިގަ ހަތް ބިދޭސީއަކު ހައްޔަރުކުރި އެވެ. ފަހުން އައިމާއިން ވަނީ ފްލައިޓެއް ޗާޓާކޮށް އެމީހުން އަނބުރާ ގައުމަށް ފަޮނުވާލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް