ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއް ރޭޕް ކޭސް އެއްގޮތުގައި ބަލައި މީހަކު ހައްޔަރުކޮށްފި

އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެކުއްޖާ ބަލިވެ އިން މައްސަލަ ހުށަހެޅީ ޖެންޑާ މިނިސްޓްރީން ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ...

02 Jul 2020 | 12:43

އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެކުއްޖާ ބަލިވެ އިން މައްސަލަ ހުށަހެޅީ ޖެންޑާ މިނިސްޓްރީން ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިއަދު ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ރޭޕް ކުރުމުގެ މައްސަލައެއްގެ ގޮތުގައި އެވެ. މި މައްސަލަ ތަހުގީގު ކުރުމުގައި ޖެންޑާ މިނިސްޓްރީންވެސް ބައިވެރިވެ އެވެ.

މީގެ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު10 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނަށެވެ.

ފުލުހުން ބުނީ މި މައްސަލައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.

މި ދެ މައްސަލަ ފުލުހުން ބަލަމުންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް