ރާއްޖެއިން ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ޑީއެޗް11 ގައި ފަރުވާ ދެމުންދިޔަ އުމުރުން 92 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ރޭ 11:54 ހާއިރު އެވެ.
މިއީ މި ބަލީގައި މަރުވި ފަސް ވަނަ ދިވެއްސެވެ، މީގެ ކުރިން މަރުވެފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.
މިހާތަނަށް މި ބަލީގައި10 މީހަކު ރާއްޖެއިން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ފަސް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕިންސް މީހެކެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް 2،383 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،954 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
https://twitter.com/HPA_MV/status/1278414790105239555
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް