ޕޮސިޓިވްވީ 12 މީހުން، އޭގެން ފަސް މީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 12 މީހުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮ...

02 Jun 2020 | 17:18

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 12 މީހުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހެކެވެ.

މަބްރޫކް ވިދާޅުވީ ކްލަސްޓާ އަކާއި ގުޅުމެއް ނެތް ހަތަރު ދިވެއްސަކު މިއަދު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަނެއް ހަތް ދިވެހިންނާއި އިންޑިއާ މީހާ އަކީ އެކި ކްލަސްޓާ އާއި ގުޅުންހުރި މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއަދު ޕޮސިޓިވްވި 12 މީހުންގެ ތެރެއިން ފަސް މީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. އާންމުގޮތެއްގައި ކޯވިޑް ޖެހޭ މީހުންގެ ތެރެއިން ނުރައްކާތެރި ހާލަތަކަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

މަބްރޫކް ވިދާޅުވީ މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 67 މީހަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންކަމަށެވެ.

މިއަދު ޕޮސިޓިވްވި މީހުންނާއި އެކު މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1،841 އަށް ވަނީ އިތުރުވެފައި ވަނީ އިތުރުވެފައިވެ އެވެ. މިހާތަނަށް ބަލީގައި މަރުވެފައިވަނީ ހަތް މީހުންނެވެ. ބަލިން ރަނގަޅުވެފައިވަނީ 608 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް