އައްޑޫ ސިޓީ ހިތަދޫ ގެއަކުން ބައިސްކަލުތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ފުލުހުން ބުނީ އެގެއިން ތިން ބައިސްކަލު ވަގަށް ނެގި ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފައި އެވެ. ހައްޔަރު ކޮށްފައިވަނީ 39 އަހަރާއި49 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
ވަގަށް ނެގި ބައިސްކަލުތައް މިހާރު ވަނީ ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައި އެވެ.
ދާދިފަހުން ފުލުހުން ވަނީ ކުޅުދުއްފުށީ ސިޓީގައި މީހަކު ކޮށްޓަކަށް ލައިގެން ގެންގުޅޭ ފަސް މުސަޅު ވަގަށް ނެގި މީހަކުވެސް ހައްޔަރުކޮށްފައި އެވެ. އަދި ގެއްލުނު މުސަޅުތަކުގެ ތެރެއިން ހަތަރު މުސަޅު ހޯދައި ވެރިފަރާތާއި ހަވާުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް