ތިލަފުށީގައި ބިދޭސީންތަކަކާއި ފުލުހުންނާއި ދެމެދު ކުރިމަތިލުމެއް، 133 މީހަކު ހައްޔަރުކޮށްފި

ތިލަފުށީގައި ތިބި ބިދޭސީންތަކަކާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުންގެ މީޑިއާއިން ބުނީ މި ހަމަނުޖެހުމުގައި 133 ބިދޭސިއަކު ފުލުހ...

02 Jun 2020 | 11:45

ތިލަފުށީގައި ތިބި ބިދޭސީންތަކަކާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި ހަމަނުޖެހުމުގައި 133 ބިދޭސިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހަތް މީހަކު ހައްޔަރު ކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި އެވެ.

މި ހަމަނުޖެހުންތަކުގައި ބިދޭސީން ދަގަނޑުބުރި ފަދަ ހަތިޔާރު ފުލުހުންނާއި ކުރިމަތި ލުމަށް ބޭނުންކުރި ކަމަށްވެ އެވެ.

މި ހަމަނުޖެހުން ހިންގާފައިވަނީ އައިމާ ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންތަކެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަން ފެށީ އެމީހުން ނިދުމާއި ކެއުން ހަމަޖައްސާފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. އަދި އެއް މަހުގެ މުސާރަ ނުދީ އޮތުމުންވެސް އެމީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި އެތަނުގައި ބައިތިއްބާފައި ތިބި ބިދޭސީންނަކީ އެ ކުންފުނިން ހަދަމުންދިޔަ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބައެކެވެ. އެމީހުން ފުލުހުންގެ އެހީތެރިކަމާއި އެކު ތިލަފުއްޓަށް ގެންގޮސްފައިވަނީ މުސާރައިގެ މައްސަލައިގަ ރިސޯޓު ހަދަމުންދިޔަ ރަށުގައި މުޒާހަރާކޮށް ތަކެއްޗަށް ގެއްލުން ދޭތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް