ގަވައިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް މިއަދު ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ. މިއަދު ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ 200 މީހުންނެވެ. އެ އެންމެން ފުރާފައިވަނީ މޯލްޑިވިއ...

02 Jun 2020 | 10:06

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މިއަދު ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ 200 މީހުންނެވެ. އެ އެންމެން ފުރާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.

މިހެން ބާއްވާ ފްލައިޓުތަކުގައި ރާއްޖޭގައި ސައްހަ ވިސާގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން މަދުން ނަމަވެސް ދެ އެވެ.

މިދިޔަ ދެތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 1،500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ. ސަރުކާޜުގެ އަމާޒަކީ ކުރިޔަށް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ފޮނުވާލުމެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާޜުން ވަނީ އިންސާނިއްޔަތުކަން އިސްކޮށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށް ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ކޮންޓެއިންމެންޓް ސައިޓުތަކަށް ގެންގޮސްފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ އެ ގައުމުގެ މީހުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ބަންގްލަދޭޝްގެ 1،003 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވެ އެވެ.

ރާއްޖޭއިން ކޯވިޑް ޖެހިގެން މަރުވި ހަތް މީހުންގެ ތެރެއިން ތިން މީހުންނަކީވެސް ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް