މިދިޔަ ހަފްތާގައި އިތުރު 25 މިލިއަން ރުފިޔާ ކޯވިޑްގެ ކަންކަމަށް ހަރަދު ކުރި

މިދިޔަ ހަފްތާގައި ކޯވިޑް-19 އާއި ގުޅޭ ކަންކަމުގައި އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު އިތުރު 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ކޯވިޑާއި ގުޅިގެން ދައުލަތުގެ...

02 Jun 2020 | 09:12

މިދިޔަ ހަފްތާގައި ކޯވިޑް-19 އާއި ގުޅޭ ކަންކަމުގައި އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު އިތުރު 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކޯވިޑާއި ގުޅިގެން ދައުލަތުގެ ހަރަދުތައް އާންމު ކުރަން ކުރަންފެށީ މެއި މަހުން ފެށިގެންނެވެ. މިއީ ހަރަދުތަކުގެ ތަފްސީލް އާންމު ކުރި ހަތަރު ވަނަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ކޯވިޑުގެ އެކި ކަންކަމަށް ދައުލަތުގެ އެކި އިދާރާތަކުން ޖުމްލަ 892.3 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އޭގެ ކުރީ ހަފުތާގައި ހަރަދުކޮށްފައިވަނީ 866.9 މިލިއަން ރުފިޔާ އެވެ.

މީގެ ކުރީ ދެ ހަފްތާގައި ކޯވިޑަށް ކުރި ހަރަދުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި އެވެ. އެގޮތުން މައުލޫމާތު އާންމު ކުރި ދެ ވަނަ ހަފްތާގައި ކޯވިޑަށް 873 މިލިއަން ރުފިޔާ ހަރަދު ކުރި އިރު ތިން ވަނަ ހަފްތާގައި ހަރަދުކޮށްފައިވާ 866 މިލިއަން ރުފިޔާ އަކީ 0.7 ޕަސެންޓު ދަށް އަދަދެކެވެ.

އެހެން ހަފްތާތަކެކޭ އެއްގޮތަށް މިދިޔަ ހަފްތާގައިވެސް އެންމެ ގިނަ ހަރަދުކޮށްފައިވަނީ ކޯވިޑާއި ގުޅިގެން ހުރިހާ އޮޕަރޭޝަންތަކެއް ހިންގާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އައިޖީއެމްއެޗުންނެވެ. އެމްޑީއެމްއިން މިދިޔަ ހަފްތާގައި 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އައިޖީއެމްއެޗަށް ބޭނުންވާ ސާމާނު ގަތުމަށް 4.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި ހަރަދުތަކުގެ އިތުރުން ނޭޝަނަލް ޕްލޭނިން މިނިސްޓްރީން އާއި އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި އިިމިގްރޭޝަނާއި އައިޖީއެމްއެޗާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިދާރާ އަށް ވެސް ހޭދަކޮށްފައިވެ އެވެ.

ކޯވިޑް-19 އަށް މިހާރު ރާއްޖެއިން 1،829 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެތެރެއިން ބަލިން ރަނގަޅުވީ 488 މީހުންނެވެ. ހަތް މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް