ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ފާސްކޮށްފި

މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް އިސްލާޙު ގެންނަން ފާސްކޮށްފި އެވެ. ފުރަތަމަ ފަހަރަށް މެންދަމު ގަޑިއެއްގައި ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި، އެ އިސްލާހު ފާސްކުރީ2:45 ހާ...

02 Jun 2020 | 06:27

މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް އިސްލާޙު ގެންނަން ފާސްކޮށްފި އެވެ.

ފުރަތަމަ ފަހަރަށް މެންދަމު ގަޑިއެއްގައި ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި، އެ އިސްލާހު ފާސްކުރީ2:45 ހާއިރު އެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ74 މެންބަރުންގެ ވޯޓާއި އެކު އެވެ.

ޖަލްސާ ނިންމާލައްވަމުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށް ނިމުނީ ރަނުން ރަނަށް ކަމަށެވެ. ގާނޫނަށް ފަހު ވަގުތުނަމަވެސް އިސްލާޙު ގެނެވިފައިވާތީ ނަޝީދު ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވެފައި އެވެ.

ރޭ އިސްލާހު ކޮށްފައިވާ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، އާ ކައުންސިލްތައް އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހިިމަނައިގެންނެވެ. އެކަމަކު އެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ބޭނުން ކުރެވޭ ގޮތަށް ވަކި ޚާއްސަ ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށެވެ.

މި އިސްލާހުގެ މަސައްކަތް ރޭ ދަންވަރު ނިންމި އިރު މާދަމާ މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވާނެ އެވެ. މިއަދުގެ ވަގުތެއްގައި އެ ބިލް ރައީސް ތަސްދީގުކުރައްވައިގެން ކައުންސިލަރުންނަށް މާދަމާއިން ފެށިގެން މަގާމަކު ނުތިއްބެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް