އެސްޓީއޯގެ މުވައްޒަފަކު ޕޮސިޓިވްވެ، ކުންފުނީގެ ގިނަ ތަންތަން މޮނިޓަރިންގައި

އެސްޓީއޯގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ބައްޔަށް ޕޮސިޓިވްވެފައިވަނީ އެ ކުންފުނީގެ ލޭބާ ކުއާޓާއެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ބެލެވޭ ގޮތުގައި އެއީ ބިދޭސީ އެކެވެ. ނޫސްވެރިނ...

02 May 2020 | 17:39

އެސްޓީއޯގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ބައްޔަށް ޕޮސިޓިވްވެފައިވަނީ އެ ކުންފުނީގެ ލޭބާ ކުއާޓާއެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ބެލެވޭ ގޮތުގައި އެއީ ބިދޭސީ އެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި ކޭސް އާއި ގުޅިގެން އެސްޓީއޯއިން އާންމުންނަށް ހިދުމަތް ފޯރުކޮށްދޭ މުހިންމު ގިނަ ތަންތަން ހުރީ މޮނިޓަރިންއަށް ލާފަ އެވެ. މޮނިޓަރިންއަށް ލާފައިވާ ތަންތަނުގެ ތެރޭގައި އެސްޓީއޯ ސުޕާމާޓް، އަމީނީ މަގުގައި ހުންނަ އެ ކުންފުނީގެ ލޭބާ ކުއާޓާ، އެސްޓިއޯ ޓްރޭޑް ސެންޓަރު، އައި އެ ކުންފުނީގެ ގުދަން ހިމެނެ އެވެ.

މީގެ ތެރެއިން ޑިސް އިންފެކްޓު ކުރުމަށް ފަހު ސުޕާމާކެޓާއި ގުދަން މިރޭ އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމަކު މި ހާދިސާއާއި ގުޅިގެން އެސްޓީއޯއިން ހުއްޓާލާފައިވާ އީސްޓޯރުގެ ހިދުމަތް އަލުން ފަށާނީ މާދަމާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮސިޓިވްވި އެސްޓިއޯގެ މުވައްޒަފާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް