ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވް ވި އަދަދު 500 އިން މައްޗަށް

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 500 އަށްވުރެ މަތިވެއްޖެއެވެ. އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިރޭގެ 07:00 އާއި ހަމައަށް މިއަދަދު މިވަނީ 514 އަށް އަރާފައެވެ. މިއަދު އެކަނ...

02 May 2020 | 15:22

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 500 އަށްވުރެ މަތިވެއްޖެއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިރޭގެ 07:00 އާއި ހަމައަށް މިއަދަދު މިވަނީ 514 އަށް އަރާފައެވެ. މިއަދު އެކަނި ޕޮޒިޓިވް ވި އަދަދު 23 އަށް އަރާފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެއީ 17 ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ ހަތަރު މީހަކާއި އިންޑިއާ މީހަކާއި ނޭޕާލު މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއިން ކޯވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނީ މާރިޗް މަހުގެ ހަތްވަނަ ދުވަހުގައެވެ. އެއީ ރިސޯޓަކުންނެވެ.

މާލެއިން ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ. އެއަށްފަހު މިވައިރަސްވަނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައެވެ. މިހާރު ބައެއް ރަށްރަށުންވެސް މި ވައިރަސް ވަނީ ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް