ކޯވިޑް-19ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓިން ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.
އެގޮތުން މިއަދު އަންގާފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ވަޒީފާއަދާކުރާ ވަކިތަނެއް ނެތި ނުވަތަ ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައިނުވާ ބިދޭސީނ މަސައްކަތްތެރިންނާއި ފުލުހުން މޮނީޓަރ ކުރަމުން އަންނަ އެޑްރެސްތަކުގައި ދިރިއުޅޭ ބިދޭސީންނާއި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ ސީދާ އަދި ނުސީދާގޮތުން ދިމާވެފައިވާ ބިދޭސީންނާއި އަދި ކޯވިޑް-19 ގެ ނުރައްކަލެއް އޮތް ކަމަށް ގަބޫލުކުރެވޭ އެންމެހާ ބިދޭސީ މަސައްކަތްތެރިން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ކަނޑައަޅާތަނެއްގައި ކަރަންޓީނު ކުރުމަށް އަންގާފައިވާކަމަށެވެ.
އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާފައިވެއެވެ. އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެންމެހާ ފަރާތްތަކަށް އަންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް