އެމްޓީސީސީގެ ފްރޮންޓްލައިން މުވައްޒަފުންނަށް ގެއަށް ނުގޮސް ތިބެވޭނެ ގޮތް ހަދައިފި

އެމްޓީސީސީގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. ކޯވިޑް-19 ގެނ ުރައްކާތެރިކަން މާލެ ސަރަހައްދުގައި ބޮޑުވެ ފްރޮންޓްލައިނ...

02 May 2020 | 10:46

އެމްޓީސީސީގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގެއަށް ނުގޮސް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ކޯވިޑް-19 ގެނ ުރައްކާތެރިކަން މާލެ ސަރަހައްދުގައި ބޮޑުވެ ފްރޮންޓްލައިންގައި ނުވަތަ މަގުމަތީގައި އާއި އެނޫންވެސް ގޮތްގޮތުން ގިނަ މީހުންނާއި ބައްދަލުވެ މުއާމަލާތް ކުރަންޖެހޭ މީހުންނަށް މިއީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު އަދި ނުރައްކާތެރި ދުވަސްވަރެކެވެ. އެހެންވެ އެފަދަ މުވައްޒަފުން ވަޒީފާ އަދާ ކުރުމަށް ފަހު އާއިލާ ކައިރިއަށް ދިއުމަކީ ރައްކާތެރިކަމެއް ކަމަށް ސިއްހީ މާހިރުން ލަފާއެއް ނުދެ އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ފެރީތަކާއި މެޓްރޯ ބަސް އަދި ކާރާއި ވޭން ދުއްވާ އަދި އެ ހިދުމަތްދިނުމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތިބުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ ރައްކާތެރިކަމަށް ކަމަށް ބަލައި އެ ފަރާތްތަކަށް ބަލި ޖެހިދާނެ ކަމަށް ބަލައި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ފްރޮންޓްލައިން މުވައްޒަފުން ތިބުމަށް ހަމަޖައްސާފައިވަނީ އެމްޓީސީސީ މޭނާ ގިމަތަ (ހުޅުމާލެ-މާލެ ފެރީ ޓާމިނަލް) އާއި ފެންނާ ގިމަތަ (މާލެ-ހުޅުމާލެ ފެރީ ޓާމިނަލް) އާއި ރާންނާ ގިމަތަ (ވިލިނގިލި- މާލެ ފެރީ ޓާމިނަލް) އެވެ. އެތަންތަނުގައި ތިބޭ މުއްދަތުގައި އެ މުވައްޒަފުންގެ ކެއުމާއި ހުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ އެމްޓިސީސީންނެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި އެމްޓިސީސީން ވަކި ގަޑިތަކެއްގައި ދަތުރުފަތުރުގެ ހިދުމަތްތައް އަދިވެސް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ސިއްހީ އެހީތެރިން މާލެ ގެނައުމާއި ވިލިނގިއްޔާއި ތިލަފުއްޓާއި ގުޅީފަޅުގައި ތިބި މީހުންނަށް މުދާ ފެރީގެ ހިދުމަތް ފޯރުކޮށްދިނުމާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެމްއެންޑީއެފަށް ބޭނުންވާ ހިދުމަތްތައް އެމްޓީސީސީގެ އުޅަނދުތައް ބޭނުންކޮށްގެން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް