ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ދޭން ފަށާނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަތަރު ދުވަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މާދަމާ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ ކަމަށެވެ.
ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ކޯވިޑް-19 ވެކްސިން ކާޑާއި އައިޑީކާޑު/ ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގެންދަން ޖެހޭނެ އެވެ.
މާލެގެ ފަސް ސެންޓަރެއްގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ދިނުން ކުރިޔަށް ދާނެ އެވެ. އެއީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ސޯޝަލް ސެންޓަރު، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ފްލޫ ކްލިނިކް އަދި ނެޝަނަލް އާޓް ގެލަރީ އެވެ.
ވެކްސިން ޖެހުން ކުރިޔަށް ގެންދާނީ ހެނދުނު 10:00 ން މެންދުރު ފަހު 3:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް