އދ. ކުނބުރުދޫ ކައުންސިލަށް އެ ރަށުގައި ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެހިވިނަ ސްޕޯޓްސް ކްލަމުން މާކަރީ ލައިޓުތަކެއް ހަދިޔާ ކޮށްފި އެވެ
ރޭ ކުނބުރުދޫ ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތެއްގައި ކްލަބްގެ ފަރާތުން ލައިޓްތައް ހަވާލުކުރީ ކްލަބްގެ ރައީސް އިސްމާއިލް ޝަފީޢު އެވެ. ކުނބުރުދޫ ކައުންސިލްގެ ފަރާތުން ލައިޓްތަކާ ހަވާލުވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމެވެ.
އެ ކްލަމުން ހަދިޔާ ކުރީ 400 ވޯޓުގެ ހަތަރު މާކަރީ ލައިޓެވެ. އެ ޖަމިއްޔާއިން ބުނީ މި ލައިޓުތަކަކީ ކުނބުރުދޫގެ ކުޅިވަރުތައް ކުޅުމަށް ހާއްސަ ކުރެވިފައިވާ އެކި މައިދާންތަކުގައި ހަރު ކުރުމަށް ދެވުނު ލައިޓުތަކެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ ރައީސް ވަނީ، ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފައި އެވެ.
ފެހިވިނަ ސްޕޯޓްސް ކްލަބަކީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ރެޖިސްޓްރީ ކުރެވި، ކުނބުރުދޫގައި ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ.
އެ ކްލަބްގެ ފަރާތުން ފާއިތުވި އަހަރުގައި އެ ރަށުގެ އިޖްތިމާޢީ ތަރައްގީއަށްޓަކައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. އޭގެ ތެރޭގައި ބޭސިކް ކްރޯޝޭ ކޯހެއް ހިންގުމުގެ އިތުރުން ރަށުގެ ތުނޑީ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް