މިއަދު ކޯވިޑް-19 ވެކްސިން އިތުރު 300 އަށްވުރެ ގިނަ މީހުންނަށް ދީފި އެވެ.
މިއަދު ވެކްސިން ދީފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުގައި އެކަންޏެވެ. އެޗްޕީއޭއިން ބުނީ އަތޮޅު ތެރޭގެ ސެންޓަރުތަކުން މިއަދު 354 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.
މިހާތަނަށް ކޯވިޑް-19 ވެކްސިން ދީފައިވަނީ 241،127 މީހުންނަށެވެ.
އޭގެ ތެރެއިން 132،044 މީހުންނަށް ވެކްސިން ދިނީ މާލެ ސަރަހައްދުގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 109،083 މީހުންނަށެވެ.
މާލޭގައި ނުވަ ސެންޓަރަކާއި ދެ މޮބައިލް ޓީމް ކޯވިޑް-19 ވެކްސިން ދިނުމަށް ހަރަކާތްތެރިވެ އެވެ. އަދި އަތޮޅު ތެރޭގެ 169 ސެންޓަރަކުން ވެކްސިން ދެ އެވެ.
ރާއްޖޭގައި ދެމުންދަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިނެވެ.
ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް