ކޯވިޑް-19 އަށް އިތުރު 169 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވް ވެފައިވަނީ މާލ ސަރަހައްދުން 67 މީހުންނާއި އަތޮޅު ތެރެއިން 65 މީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 29 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން އަށް މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،044 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،104 މީހުންނަށެވެ. އޭގެ ތެރެއިން 89 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 21،368 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 69 މީހުންނެވެ.
މިހާތަނަށް ރާއްޖޭގައި ވައިރަސް ޖެހުނު މީހުންގެ އަދަދު މިއަދު ވަަނީ 24،548 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް