ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑުގެ އަގު 54 ހާސް ޕައުންޑަށް !

ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އާ ދެކޮޅަށް ޕޯޗުގަލް ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ސާބިއާ ކޮޅަށް ވައްދާލި ގޯލު ރެފްރީ ގަބޫލުނުކުރުމ...

02 Apr 2021 | 17:00

ވޯލްޑް ކަޕް ކޮލިފައިންގައި ސާބިއާ އާ ދެކޮޅަށް ޕޯޗުގަލް ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ސާބިއާ ކޮޅަށް ވައްދާލި ގޯލު ރެފްރީ ގަބޫލުނުކުރުމުން ރޮނާލްޑޯ ރުޅިއައިސްގެން ދަނޑުމައްޗަށް އެއްލާލި ކެޕްޓަން ބޭންޑުގެ އަގު 54 ހާސް ޕައުންޑަށް އަރައިފިއެވެ.

ރިޕޯޓުތަށް ބުނާގޮތުން ރޮނާލްޑޯ އެއްލާލި މި ކެޕްޓަން ބޭންޑު ނީލަމަށްލާ ވިއްކާލަން ބިޑުކުރި އިރު 408 ފަރާތަކުން މި ނީލަމުގައި ވަނީ ބައިވެރިވެފައެވެ. އަދި މި ނީލަން ނިމުނުއިރު، ސާބިޔާގެ މައިބަދައަށް މައްސަލަ ދިމާވެފައިވާ ތުއްތު ކުއްޖާ އުމުރުން އެންމެ ހަމަހުގެ ގަވްރިލޯ ޖާޖެވިކް ގެ ބަލީގެ ފަރުވާއަށް 54 ހާސް ޕައުންޑް ވަނީ ލިބިފައިއެވެ. އެ ކުއްޖާގެ ބައްޔަށް ފަރުވާކުރަން ޖުމްލަ 2 މިލިއަނެއްހާ ޕައުންޑް ބޭނުންވާކަމަށް އާއިލާއިން ބުނެއެވެ.

ސާބިއާއި ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މ މެޗުގައި ރޮނާލްޑޯ ކެޕްޓަން ބޭންޑު ދަނޑުމައްޗަށް އެއްލާލުމާއި ގުޅިގެން އޭނާގެ އެ އަމަލު ގިނަ ބަޔަކު ކުއްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ނަމަވެސް އޭނާގެ ސަޕޯޓަރުން މިކަން ދިފާއުކޮށް ރޮނާލްޑޯއަށް ހިއްވަރުދިނެވެ.

މެޗުގެ ނަތީޖާ އެއްވަރުވެފައި އޮއްވައި އެންމެ ފަހު މިނެޓްގެ ތެރޭގައި ރޮނާލްޑޯ ސާބިއާގެ ގޯލަށް ވައްދާލި ބޯޅަ ގޯލެއް ކަމަށް ނުބެލުމުން ރުޅިއައިސްގެން އޭނާގެ އަތުގައި އަޅައިފައި އޮތް ކެޕްޓަން ބޭންޑް ދަނޑުމައްޗަށް އެއްލާލުމުން އެ ބޭންޑް ގޮސް ޖެހުނީ މެޗުގެ ސެކިއުރިޓީ ބަލަހައްޓަންހުރި ޖޯޖޭ ވުކިޗެވިކް ނަމަކަށް ކިޔާ މީހަކު ހުރި ދިމާލަށެވެ. މި ބޭންޑު ނެގީއޭނާއެވެ. އަދި އޭނާ ވަނީ މި ބޭންޑު ނީލަމަށްލާ ވިއްކާލުމަށްފަހު ލިބޭ ފައިސާ މައިބަދައަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އެހީތެރިކަން ބޭނުންވެފައިވާ ސާބިއާގެ އެ ކުޑަ ކުއްޖާއަށް ހަދިޔާ ކުރާށެވެ.

ގަވްރިލޯ ޖާޖެވިކްގެ އާއިލާއިން ބުނިގޮތުގައި ރޮނާލްޑޯގެ ކެޕްޓަން ބޭންޑް ނީލަމުގައި ވިއްކާލައިގެން ލިބުނު ފައިސާ އަކީ ކުއްޖާގެ ފަރުވާ އަށް ލިބުނު ބޮޑު އެހީ އެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް